މެންބަރު ޖަނާބުގެ ނަމުގައި ޝަރީއާ ކޮމްޕްލަޔަންޓު ނޫން އެކައުންޓަކާއި ކްރެޑިޓް ކާޑެއް
އަދަދު
4 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 11:30
ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު (ޖަނާބު) ގެންގުޅުއްވަނީ ޝަރީއާ ކޮމްޕްލަޔަންޓް ނޫން ބޭންކު އެކައުންޓަކާއި ކްރެޑިޓް ކާޑެއްކަން އޭނާގެ މާލީ ބަޔާނުން ހާމަވެއްޖެ އެވެ.
ޝަރީއާ ކޮމްޕްލަޔަންޓު ނޫން ކޮންވެންޝަނަލް ސޭވިންގްސް އެކައުންޓުތަކުގައި ރިބާ އެކުލެވޭނެ ކަމަށް އިސްލާމް ދީނުގެ އިތުބާރު ހިފޭ ވަރަށް ގިނަ އިލްމުވެރިން ވިދާޅުވެ އެވެ. އަދި ޝަރީއާ ކޮމްޕްލަޔަންޓް ނޫން ސްޓޭންޑާޑް ކްރެޑިޓް ކާޑުގައި ވެސް ރިބާ އެކުލެވޭ ކަމަށް އިލްމުވެރިން ވިދާޅުވެ އެވެ.
ޖަނާބު މަޖިލީހަށް ހުށަހެޅުއްވި މާލީ ބަޔާނުގައި ބުނެފައިވާ ގޮތުން އޭނާ ގެންގުޅުއްވަނީ އެންމެ ބޭންކު އެކައުންޓެކެވެ. އެއީ ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައި ހުންނަ ރުފިޔާ ސޭވިންގްސް އެކައުންޓެކެވެ. އެ އެކައުންޓުގައި 69،608.29 ރުފިޔާ އެބަ ހުއްޓެވެ.