ކުޅުދުއްފުށި ސިޓީގެ ޓޫރިޒަމް ޑިވެލޮޕްމެންޓް ޕްލޭނެއް ހަދަން ކޮންސަލްޓެންސީ ހޯދަން އިއުލާނުކޮށްފި
އަދަދު
4 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 11:06
ހދ. ކުޅުދުއްފުށި ސިޓީގެ ޓޫރިޒަމް ޑިވެލޮޕްމެންޓް ޕްލޭނެއް ހެދުމަށް ބޭނުންވާ ކޮންސަލްޓެންސީގެ ހިދުމަތް ހޯދަން އިއުލާނު ކޮށްފި އެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނީ އިއުލާނާ ގުޅިގެން އެއްވެސް ސުވާލެއް އޮތް ނަމަ ސެޕްޓެމްބަރު 16، ވާ އަންގާރަ ދުވަހުގެ 10:30 ގެ ކުރިން [email protected] އަށް އީމެއިލް ކުރުމަށް އެދޭ ކަމަށެވެ.
އެ ސިޓީގެ ޓޫރިޒަމް ޑިވެލޮޕްމެންޓް ޕްލޭނެއް ހެދުމަށް ބޭނުންވާ ކޮންސަލްޓެންސީގެ ހިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ސެޕްޓެމްބަރު 17، ވާ ބުދަ ދުވަހުގެ 10:30 ގެ ކުރިން ރެޖިސްޓްރީވުމަށްފަހު ޖެހިގެން އަންނަ ސެޕްޓެމްބަރު، 18، ގެ 10:30 ގެ ކުރިން އަންދާސީ ހިސާބު ހުށަހެޅުމަށް އެ އިއުލާނުގައި އެދިފައިވެ އެވެ.