މާލީ ބަޔާންތަކުގެ ހަބަރު ގެނެސްދޭތީ ފަލާހު ހިތްޕުޅާނުވި، ގޮވާލެއްވި މީޑިއާތަކުގެ މާލީ ބަޔާންތައް ހާމަ ކުރުން ލާޒިމުކުރަން

އަދަދު

4 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 2:24

މަޖިލިސް މެންބަރުންގެ މާލީ ބަޔާންތަކުގެ ހަބަރުތައް މީޑިއާތަކުން ގެނެސްދޭތީ އެކަމާ ހިތްޕުޅާނުވެ، މީޑިއާތަކާއި މީޑިއާތަކުގެ ވެރިންގެ މާލީ ބަޔާން އާންމު ކުރުން ގާނޫނުން ލާޒިމު ކުރާ ވާހަކަ ޕީޖީ ލީޑަރު، އިބްރާހިމް ފަލާހު ދައްކަވައިފި އެވެ.

މަޖިލިސް މެންބަރުންގެ މާލީ ބަޔާންތައް އާންމު ކުރަން ފެށީ އިއްޔެ އެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އިއްޔެ ބުނީ މިހާތަނަށް މާލީ ބަޔާން ހުށައެޅުއްވީ 93 މެންބަރުންގެ ތެރެއިން 88 މެންބަރުން ކަމަށެވެ.

މެންބަރުންގެ މާލީ ބަޔާންތަކުގެ ހަބަރުތައް މީޑިއާތަކުން ގެނެސްދޭން ފެށުމުން އެކަމާ ހިތްޕުޅާނުވެ، އެކްސްގައި ފަލާހު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއްވެސް ބަލައިލުމެއް ނެތި ދޮގު ހަބަރު ފެތުރުމަކީ ވަރަށް ނުބައިކަމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން އާއިލާތައް ރޫޅި ކުށެއް ނެތް އެތައް ބައެއްގެ ވަޒީފާތައް ގެއްލިގެންދާ ކަމަށް ފަލާހު ވިދާޅުވި އެވެ.

މައުޟޫޢުތަށް