ހުލާސާކޮށް އިއްޔެ: ދިގުރަށު މިސްކިތަކަށް "މަސްޖިދުލް ސާލިހް" ކިޔަން ޝަހީމް ބޭނުމެއް ނުވި
އަދަދު
5 ސެޕްޓެމްބަރު 2025 | ހުކުރު | 6:16
އދ. ދިގުރަށުގައި އިމާރާތްކުރާ މިސްކިތަށް "މަސްޖިދުލް ސާލިހް" ގެ ނަމުން ނަން ދޭން އުޅޭތީ އިސްލާމިކް މިނިސްޓްރީން އެކަމާ ދެކޮޅު ހަދައިފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
ދިގުރަށް މިސްކިތާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދުއާ އަދަދު އިން ސުވާލުކުރުމުން ވިދާޅުވީ ދިގުރަށުގައި އޮތް އެމްޑީޕީ ކައުންސިލުން ބޭނުންވަނީ މިސްކިތަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިޒުނަ ނެތި އެމަނިކުފާނަށް ނިސްބަތްކޮށް މިސްކިތަށް ނަން ކިޔަން ކަމަށެވެ.
"ދިގުރަށުގައި އޮންނަނީ އެމްޑީޕީ ކައުންސިލެއް. އެމީހުން ބޭނުންވަނީ މިސްކިތަށް ރައީސް ސޯލިހަށް ނިސްބަތްކޮށް ނަން ކިޔަން. ރައީސް ސޯލިހުގެ އިޒުނަ ނެތި އަޅުގަނޑުމެންނަށް ހުއްދަ ނުދެވޭނެ ދޯ،" މިނިސްޓަރު ވިދާޅުވި އެވެ.