ހައިވޭގައި ސްޕީޑް ލިމިޓަށް ވުރެ ބާރަށް ދުއްވާފައި ދިޔަ ޕިކަޕެއް ފުރޮޅާލައިފި
އަދަދު
5 ސެޕްޓެމްބަރު 2025 | ހުކުރު | 4:17
މާލެ އާއި ހުޅުމާލެ އާއި ދެމެދު އޮންނަ ހައިވޭގައި ދުއްވާފައި ދިޔަ ޕިކަޕެއް ފުރޮޅާލައި އެކްސިޑެންޓެއް ހިނގައިިފި އެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި އެކްސިޑެންޓު ހިނގާފައިވަނީ މާލެއިން ހުޅުލެއަށްދާ ލޭނުގަ އެވެ.
މި އެކްސިޑެންޓު ހިނގީ މިއަދު މެންދުރު 12:40 ހާއިރު ކަމަށާއި އެކްސިޑެންޓު ހިނގަން މެދުވެރިވީ ޕިކަޕުގެ ފޮރުޅު ފަޅައިގެން ގޮސް ހައިވޭގެ ދެ ލޭނު ވަކިކުރަން ޖަހާފައި ހުންނަ ކޮންކްރީޓު ޑިވައިޑާގައި ޖެހިގެން ކަމަށް ފުލުހުން ބުނެފައިވެ އެވެ. ފުރޮޅާލުމުގެ ކުރިން ޕިކަޕު ވަނީ ކާރެއްގައި ޖެހިފަ އެވެ.