އައްޑޫއިން އަނެއްކާ ވެސް ރޭ ދަންވަރު ކަރަންޓު ކެނޑިއްޖެ

އަދަދު

6 ސެޕްޓެމްބަރު 2025 | ހޮނިހިރު | 10:00

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ފޯރުކޮށްދޭ ޕަވާ ސްޓޭޝަނަށް ފެނަކައިން މި ފަހުން ގަތް ޖަނަރޭޓަރުތައް ގެންގޮސްގެން ކަރަންޓު ދޭން ފެށުމާ ގުޅިގެން ކަރަންޓު ނުކެނޑޭތާ ދުވަސްތަކެއް ވީފަހުން ރޭ ދަންވަރު އަނެއްކާ ވެސް އެ ހުރިހާ ރަށްތަކުން ކަރަންޓު ކެނޑިއްޖެ އެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑުމާ ގުޅިގެން އަދަދު އިން ސުވާލުކުރުމުން އައްޑޫ ސިޓީގެ މޭޔަރު، އަލީ ނިޒާރު ވިދާޅުވީ ކަރަންޓު ކެނޑުނީ ގަޑިއެއްހާއިރަށް ކަމަށެވެ. ނަމަވެސް ކަރަންޓު ދާން މެދުވެރިވި ސަބަބެއް ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރޭ ދަންވަރު 2:00 ހާއިރު ނިދާފައި ތިއްބާ ގަޑިއެއްހާއިރަށް ކަރަންޓު ކެނޑުނީ، އެ ގަޑީގައި އެއްވެސް މީހަކަށް ނުގުޅޭ، އެހެންވެ ނޭނގެ ކީއްވެ ކަމެއް ކަރަންޓު ދިޔައީ،" ނިޒާރު ވިދާޅުވި އެވެ.

މައުޟޫޢުތަށް