އައްޑޫއިން ކަރަންޓު ކެނޑޭ މައްސަލައިގައި މެންބަރު ނިޒާރުގެ ނުރުހުން ފެނަކައަށް
އަދަދު
6 ސެޕްޓެމްބަރު 2025 | ހޮނިހިރު | 10:18
އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލަ ހައްލު ނުކުރެވޭތީ ފޭދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު، އިސްމާއިލް ނިޒާރު ނުރުހުން ފާޅުކޮށްފި އެވެ.
ފޭސްބުކްގައި ނިޒާރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އައްޑޫ ކަރަންޓު މައްސަލަ ހައްލު ކުރަން ފެނަކައިގެ އިސްވެރިންނާ އެކި ގޮތްގޮތަށް ވަރަށް ވާހަކަދެއްކިއްޖެ ކަމަށެވެ. އަދި އެ މައްސަލަ ހައްލު ކުރާނެ ކަމަށް ބުނެ ތަފާތު އެކި ތާރީހުތައް ވެސް ދިން ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެކަމަށް އަމަލީ އެއްވެސް ސިފައެއް ނާންނަ ކަމަށް ނިޒާރު ވިދާޅުވި އެވެ.
"އައްޑޫ ރައްޔިތުން މިގޮތަށް ކަރަންޓު ނެތި ކަނު އަނދިރީގައި ތިބެން ޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން، މިކަމަށް ފިޔަވަޅު އަޅައި ވަގުތުން މިކަން ހައްލު ކޮށްދެއްވުމަށް އަޅުގަނޑު ގޮވައިލަން،" ނިޒާރުގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.