އައްޑޫގައި ކޭބަލެއް ބުރިކުރި މީހަކު ކަރަންޓުގައި ޖެހިގެން ފަރުވާދެނީ
އަދަދު
6 ސެޕްޓެމްބަރު 2025 | ހޮނިހިރު | 12:27
އައްޑޫ ސިޓީ ފޭދޫ ޓާމިނޭޝަން ބޮކްސް ކަވާ ނައްޓައިގެން ކަރަންޓު ކޭބަލެއް ބުރިކުރަން އުޅެނިކޮށް މީހަކު ކަރަންޓުގައި ޖެހިގެން ފަރުވާ ދޭން ފަށައިފި އެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ނިޝާޒާ އަބްދުﷲ އަދަދު އަށް ވިދާޅުވީ ކަރަންޓުގައި ޖެހިގެން ސެކަންޑް ޑިގްރީ ބާންއަށް ފަރުވާ ދެމުންދަނީ 33 އަހަރުގެ މީހަކަށް ކަމަށެވެ.
ޒަހަމްވި މީހާގެ ފުރާނައަށް ނުރައްކާ ނުވި ނަމަވެސް، ކަނާތާއި ވާތުފައި ފިހުމުން ޓެސްޓުތަކެއް ހަދަމުންދާ ކަމަށާއި އިތުރު ފަރުވާއަށް މާލެ ފޮނުވާނެތޯ ނިންމާނީ ޓެސްޓުތަކަށް ފަހު ކަމަށް ނިޝާޒާ ވިދާޅުވި އެވެ.