އައްޑޫގެ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދޭން ހުއްޓާނުލައި މަސައްކަތް އެބަކުރަން: ފެނަކަ
އަދަދު
6 ސެޕްޓެމްބަރު 2025 | ހޮނިހިރު | 6:30
އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ހުއްޓާނުލައި މަސައްކަތް ކުރަމުންދާ ކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.
ފެނަކައިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ކުންފުނިން އައްޑޫގައި ދޭ ކަރަންޓުގެ ހިދުމަތަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ހުއްޓާނުލައި މަސައްކަތް ކުރަމުންދާ ކަމުގެ ޔަގީންކަން ހުރިހާ ރައްޔިތުންނަށް އަރުވާ ކަމަށެވެ.
"އައްޑޫ ސިޓީގައި މި ދެމުންދާ ކަރަންޓުގެ ހިދުމަތަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް މި ކުންފުނިން ހުއްޓާނުލައި ކުރިއަށް ދެމުންދާކަމުގެ ޔަގީންކަން ވެސް މި ފުރުސަތުގައި އަރުވަން. ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވި ދަތިތަކަށްޓަކައި މި ކުންފުނީގެ ފަރާތުން މައާފަށް އެދެން،" އެ ކުންފުނިން ބުންޏެވެ.