މާދަމާ ހަވީރު 4:00 އިން ރޭގަނޑު 9:00 އަށް ބްރިޖުގެ އެއް ލޭނު ބަންދު ކުރަނީ

އަދަދު

7 ސެޕްޓެމްބަރު 2025 | އާދިއްތަ | 9:24

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ "އެއާޕޯޓް އިމަޖެންސީ ޕްލޭން" ޓެސްޓު ކުރުމަށް މާދަމާ ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒް ކުރިއަށް ގެންދާ ވަގުތު ސިނަމާލެ ބްރިޖުގެ އެއް ލޭނު ބަންދުކުރަން ނިންމައިފި އެވެ.

އެއާޕޯޓުގައި ހިނގާފާނެ ކުއްލި ހާދިސާއެއްގައި ކަމާބެހޭ ފަރާތްތައް ހަރަކާތްތެރި ވާންޖެހޭ ގޮތާއި އެފަދަ ހާދިސާއެއްގެ ވަގުތުގައި ހަރަކާތްތެރިވާނެ ގޮތް ވަޒަން ކުރުމަށް ހިންގާ އެ އެކްސަސައިޒް ކުރިއަށް ގެންދާނީ މާދަމާ ހަވީރު 4:00 އިން ރޭގަނޑު 7:30 ގެ ނިޔަލަށެވެ. އެ އެކްސަސައިޒް ކުރިއަށްދާ ވަގުތު އެއާޕޯޓުގެ ރަންވޭ ވެސް އެއް ގަޑިއިރަށް ބަންދު ކުރާނެ އެވެ.

ނަމަވެސް އެ އެކްސަސައިޒްއާ ގުޅިގެން ސިނަމާލެ ބްރިޖުގެ އެއް ލޭނު ބަންދުކުރަން އެމްއޭސީއެލުން ނިންމާފައި ވަނީ ހަވީރު 4:00 އިން ރޭގަނޑު 9:00 އަށެވެ. އެއާޕޯޓުގެ ފުލް ސްކޭލް އެކްސަސައިޒްއަކީ ސިވިލް އޭވިއޭޝަން ގަވާއިދުތަކުގެ ދަށުން ކޮންމެ ތިން އަހަރަކުން އެއްފަހަރު ދުނިޔޭގެ ކޮންމެ އެއާޕޯޓެއްގައި ވެސް ކުރިއަށް ގެންދިޔުން ލާޒިމު އެކްސަސައިޒެކެވެ.

މައުޟޫޢުތަށް