މި ހަފުތާގެ ތެރޭގައި ގެދޮރުވެރިޔާ ސްކީމްގެ ފްލެޓްތައް ދޫކުރަން ފަށަނީ

އަދަދު

8 ސެޕްޓެމްބަރު 2025 | ހޯމަ | 10:54

ނިމިދިޔަ އެމްޑީޕީ ސަރުކާރުން ތަރައްގީކުރަން ފެށި ގެދޮރުވެރިޔާގެ ފްލެޓްތައް މި ހަފުތާގެ ތެރޭގައި ދޫކުރަން ފަށާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ބުނެފި އެވެ.

އެފްޑީސީގެ އެމްޑީ، ހަމްދާން ޝަކީލް އަދަދު އަށް ވިދާޅުވީ މި ހަފްތާ ތެރޭގައި ދޫކުރަން ފަށާނީ ގެދޮރުވެރިޔާ ސްކީމްގެ ޒޯން 1، އަމާން އުދަރެސްގެ ފްލެޓްތައް ކަމަށެވެ.

"ފުރަތަމަ މި ދޫކުރަނީ ޒޯން 1 ގައި ހިމެނޭ ޓަވަރުތަކުގެ ފްލެޓްތައް. ޒޯން 1 ގައި ހަ ޓަވަރެއް ހިމެނޭ. އޭގެއިން ކޮންމެ ޓަވަރެއްގައި 120 ޔުނިޓް ހިމެނޭ،" އޭނާ ވިދާޅުވި އެވެ.

މައުޟޫޢުތަށް