މަރަދޫފޭދޫއަށް ނަގޯރޯޅިއެއް އަރައި ހަ ގެއަކަށް ގެއްލުންތަކެއް ލިބިއްޖެ

އަދަދު

8 ސެޕްޓެމްބަރު 2025 | ހޯމަ | 11:05

އައްޑޫ ސިޓީ މަރަދޫ ފޭދޫއަށް ނަގޫރޯޅިއެއް އަރައި ބައެއް ގެއްލުންތަކެއް މިއަދު ލިބިއްޖެ އެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް (އެންޑީއެމްއޭ) އިން ބުނީ ނަގޫރޯޅި އަރައި ގެއްލުން ލިބުނު ހަ ގެއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

"މިއަދު އައްޑޫ ސިޓީ މަރަދޫ ފޭދޫއަށް ނަގޫ ރޯޅިއެއް އަރާ ގެެއްލުން ލިބުނު 6 ގެއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކައުންސިލާއި ގުޅިގެން އެންޑީއެމްއޭ އިން ދަނީ ކުރަމުން،" އެ އޮތޯރިޓީން ބުންޏެވެ.

މައުޟޫޢުތަށް