ސަރުކާރުގެ އިސް މަގާމަކަށް ދިޔުމަށް މަހްލޫފް އެމްޑީޕީން ވަކިވެއްޖެ

އަދަދު

8 ސެޕްޓެމްބަރު 2025 | ހޯމަ | 3:15

ސަރުކާރުގެ މަގާމަކަށް ވަޑައިގަތުމުން ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އިދިކޮޅު އެމްޑީޕީން ވަކިވެއްޖެ އެވެ.

ޕާޓީ އިން ވަކިވުމަށް ޗެއާޕާސަން ފައްޔާޒު އިސްމާއިލް އަށް ފޮނުވި ސިޓީގައި މަހްލޫފު ވިދާޅުވީ އެމްޑީޕީ އިން ވަކިވަނީ "ދައުލަތުގެ މަގާމެއްގައި ހިދުމަތް" ކުރެއްވުމަށް ކަމަށެވެ. އަދި އެމްޑީޕީގެ ގްރޫޕަކަށް ފޮނުވި މެސެޖެއްފައި އޭނާ ވަނީ އެމްޑީޕީއަށް މަސައްކަތް ކުރަން ފުރުސަތު ދިނީތީ ޝުކުރު އަދާކޮށްފަ އެވެ.

"2015 ވަނަ އަހަރުން ފެށިގެން ތިޔަ ބޭފުޅުންނާއެކު ހިދުމަތް ކުރުމުގެ ފުރުސަތު ލިބުނުކަމަށްޓަކައި ޝުކުރު ދަންނަވަން. ވަކިން ހާއްސަކޮށް ރައީސް [އިބްރާހިމް މުހައްމަދު] ސޯލިހު ރާއްޖެއަށް ގެނެސްދެއްވި ތަރައްގީގެ ބައިވެރިއެއްގެ ގޮތުން އެމަނިކުފާނުގެ ކެބިނެޓުގައި ގިނަ މަސައްކަތްތަކެއް ކުރުމުގެ ފުރުސަތު ލިބުނީތީ ޝުކުރު އަދާކޮށް، އުފާ ކުރަން،" މަހްލޫފް ވިދާޅުވެފައިވެ އެވެ.

މައުޟޫޢުތަށް