ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ބޭނުން ވަރަކަށް އަވަސްކުރެވޭނެ ގޮތަށް ބަދަލުކޮށް ބިލު ކޮމިޓީން ފާސްކޮށްފި
އަދަދު
9 ސެޕްޓެމްބަރު 2025 | އަންގާރަ | 12:05
ރައީސުލްޖުމްހޫރިއްޔާގެ ދައުރަކީ ފަސް އަހަރު ކަމަށް ގާނޫނުއަސާސީގައި ބުނާ މާއްދާ ބަދަލު ކުރަން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުން ބޭނުން ވަރަކަށް އަވަސްކުރެވޭނެ ގޮތަށް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އިހުތިޔާރު ދީ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު ކޮމިޓީން ފާސްކޮށްފި އެވެ.
މިއަދު ބޭއްވި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ބިލަށް ބައެއް އިސްލާހުތައް ވަނީ ގެނެސްފަ އެވެ. ބިލަށް ބަދަލު ގެންނަން ހުށަހަޅާ ތާއީދު ކުރީ ވެރިކަންކުރާ ޕާޓީ، ޕީއެންސީއަށް ނިސްބަތްވާ މެންބަރުންނެވެ.
އެގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ވޯޓު ނެގުމަށް މަޖިލީހުން ގަރާރު ފާސްކޮށް އެދޭ ތާރީހުން ނުވަތަ ރައީސުލްޖުމްހުރިއްޔާ ގަރާރު ނެރުއްވާ ތާރީހުން ފެށިގެން ވޯޓު ނެގުމާމެދު 45 ދުވަސް އޮންނަން ޖެހޭނެ ކަމަށް އޮތް އޮތުން ވަނީ ބަދަލުކޮށްފަ އެވެ. ކޮމިޓީން އެ މާއްދާ ބަދަލުކޮށްފައިވަނީ 45 ދުވަހަށްވުރެ މަދު މުއްދަތެއްގެ ތެރޭ ވޯޓު ނެގުމުގެ އިހުތިޔާރު އީސީ އަށް އޮންނާނެ ގޮތަށެވެ.