ހުސްނީގެ ކަންބޮޑުވުމަކީ ކުރިން އައްޔަން ކުރި ފަނޑިޔާރުން ނުލައި ދުސްތޫރީ މައްސަލައެއް ހިންގޭނެ މަގެއް ނެތުން
އަދަދު
9 ސެޕްޓެމްބަރު 2025 | އަންގާރަ | 11:59
ހަމައެކަނި މި ސަރުކާރުން އައްޔަން ކުރި ފަނޑިޔާރުން ހިމަނައިގެން ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ހިންގޭނެ މަގެއް ނެތުމުން ވެރިކަން ހިންގާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ މެންބަރު ހުސްނީ މުބާރިކު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވާ ހަތް ފަނޑިޔާރުންގެ ތެރެއިން މި ސަރުކާރުން އައްޔަން ކުރީ ހަތަރު ފަނޑިޔާރުންނެވެ. އަނެއް ތިން ފަނޑިޔާރުން އައްޔަން ކުރީ ކުރީގެ ސަރުކާރުންނެވެ. ސުޕްރީމް ކޯޓަށް އެއްވެސް މައްސަލައެއް ބެލޭނީ އޮނަހިރި އަދަދެއްގެ ފަނޑިޔާރުންގެ ބެންޗަކުންނެވެ.
ރައީސް މުހައްމަދު މުއިއްޒު ވެސް އިންނަވާ މެސެޖިން ގްރޫޕަކަށް ހުސްނީ ފޮނުއްވި މެސެޖެއްގައި ކަންބޮޑުވުން ފާޅުކޮށްފައި ވަނީ އިދިކޮޅު އެމްޑީޕީގެ ސަރުކާރުން އައްޔަން ކޮށްފައިވާ ޖަޖުން މަގާމުތަކުގައި ތިބުމުން ވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.