ވަންނާނެ ތަނެއް ނުދައްކައި އޮފީސް ހުސްކުރަން އެންގުމުން ސްކައުޓް އެސޯސިއޭޝަން މަގުމަތިވެއްޖެ

އަދަދު

10 ސެޕްޓެމްބަރު 2025 | ބުދަ | 3:02

ވަންނާނެ އިތުރު ތަނެއް ނުދައްކައި އޮފީސް ހުސްކުރަން އެންގުމުން ގައުމީ ސްކައުޓް އެސޯސިއޭޝަން މަގުމަތިވެއްޖެ އެވެ.

ރާއްޖޭގެ ސްކައުޓް ހަރަކާތް ތަމްސީލުކުރާ ރަސްމީ އެސޯސިއޭޝަނުން ބުނެފައިވާ ގޮތުގައި ސްކައުޓް އިދާރާ އަދި ފިހާރާ ހުސްކުރަން އަންގާފައި ވަނީ ސެޕްޓެމްބަރު 10، ގެ ކުރިންނެވެ. އެ މުއްދަތު މިއަދަށް ހަމަވިއިރު ވެސް ސްކައުޓުން ވަންނާނެ ތަނެއް ދެއްކިފައި ނުވެ އެވެ.

"އިތުރު އިމާރާތެއް ހަމަޖެހިފައި ނުވާތީ، އިތުރު އިމާރާތެއް ހަމަޖެހެންދެން ގައުމީ ސްކައުޓް އިދާރާ އަދި ފިހާރަ ވަގުތީ ގޮތުން ބަންދުކުރެވިފައިވާ ވާހަކަ ހިތާމައާއެކު ދަންނަވަން،" ސްކައުޓް އެސޯސިއޭޝަނުގެ ބަޔާނުގައި ބުނެފައިވެ އެވެ.

މައުޟޫޢުތަށް