ޑޮކްޓަރުކަން ކިޔަވަން އެހީތެރިވާނެ ކަމަށް ބުނެ ސްކޭމެއް ހިންގަނީ
އަދަދު
9 ސެޕްޓެމްބަރު 2025 | އަންގާރަ | 8:15
ބޭރުގެ ގައުމުތަކުން ޑޮކްޓަރުކަން ކިޔެވުމަށް ބޭނުންވާ ދިވެހި ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުނެ ފައިސާ ނެގުމަށްފަހު އޮޅުވާލަމުންދާ އެޖެންސީއެއް ރާއްޖޭގައި ހަރަކާތްތެރިވަމުންދާ ކަމަށް ލޯ ފާމަކުން ބުނެފި އެވެ.
އެޗް އެންޑް އެސޯސިއޭޓްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޒީޑް އިންޓަރނޭޝަނަލް، ޒީޑް ކޮންސަލްޓަންސީ، އަދި ޒީޑްލް.ކޯ މި ނަންނަމުގައި މަސައްކަތްކުރާ މި އެޖެންސީ ފައިސާ ނެގުމަށްފަހު ލަނޑު ދީފައިވާ ދަރިވަރުންތަކަކަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.
އެ ދަރިވަރުންގެ އަތުން މެޑިސިން ދާއިރާއިން ކިޔެވުމަށް މެލޭޝިއާ، ފިލިޕީންސް އަދި ސްރީލަންކާގައި ކިޔަވައިދޭ މަރުކަޒުތަކުން ނަގާ ޓިއުޝަން ފީގެ ތިން ގުނަ ނުވަތަ ހަތަރު ގުނައަށްވާ ފައިސާ ޒީޑުން ނަގާފައިވާ ކަމަށް ލޯ ފާމުން ބުނެ އެވެ.