ކާރިސާތަކާ ގުޅޭ ވިލުންތެރިކަން އިތުރުކުރުމަށް ޖައިކާއިން ރާއްޖެއަށް 10 މިލިއަން ޑޮލަރުގެ އެހީ ދީފި

އަދަދު

9 ސެޕްޓެމްބަރު 2025 | އަންގާރަ | 8:53

ކާރިސާތަކާއި ގުޅޭ ވިލުންތެރިކަން އިތުރުކޮށް، އެފަދަ ހާލަތްތަކަށް ތައްޔާރުވުމުގެ މަސައްކަތަށް ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އިން ދިވެހި ސަރުކާރަށް 10 މިލިއަން ޑޮލަރުގެ އެހީ ދޭން މިއަދު އެއްބަސްވެއްޖެ އެވެ.

ޖަޕާނު ސަރުކާރުގެ އެހީގައި ހިންގާ ޖައިކާއިން ދިވެހި ސަރުކާރަށް ދޭން އެއްބަސްވެފައިވަނީ 1.56 ބިލިއަން ޖަޕަނީސް ޔެން ނުވަތަ 10.5 މިލިއަން އެމެރިކާ ޑޮލަރުގެ އެހީ އެވެ. އެހީގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވީ މިނިސްޓްރީ އޮފް ފިނޭންސް އެންޑު ޕްލޭނިންގަ އެވެ.

ޖައިކާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އިކާ މޯލްޑިވްސް އޮފީހުގެ ރެސިޑެންޓް ރެޕްރެޒެންޓޭޓިވް ޓަކި މޮޓޮއޯ އެވެ. ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން މިރާސް އެވެ.

މައުޟޫޢުތަށް