ބޭސް އެތެރެކުރަން ހާއްސަ ކުންފުންޏެއް އުފެއްދީ ވައްކަން ކުރަން: އަމްރު
އަދަދު
10 ސެޕްޓެމްބަރު 2025 | ބުދަ | 7:39
ބޭސް އެތެރެކުރުމުގެ މަގުސަދުގައި ރައީސް މުހައްމަދު މުއިއްޒު ހާއްސަ ކުންފުންޏެއް އުފެއްދެވީ ވައްކަން ކުރުމުގެ ބޭނުމުގައި ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ތުހުމަތު ކުރައްވައިފި އެވެ.
"ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް" ނަމުގައި އިއްޔެ އުފެއްދި ކުންފުނީގެ މަގުސަދަކީ ޑޮކްޓަރީ ބޭހުގެ އިތުރުން މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކޮށް، އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުން ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.
މިކަމާ ގުޅިގެން އަމްރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބޭހާއި މެޑިކަލް ކޮންޒިއުމަބަލްސް އެތެރެކުރަން ހާއްސަ ކުންފުންޏެއް ހަދަންޖެހޭ ހަމައެކަނި ސަބަބަކީ ވައްކަން ކުރުން ކަމަށެވެ.