ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުމަށް ހާއްސަ ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފި
އަދަދު
10 ސެޕްޓެމްބަރު 2025 | ބުދަ | 10:06
ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުމަށް ހާއްސަކޮށްގެން ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) އާއި އެމެރިކާ އެމްބަސީ ގުޅިގެން ވޯކްޝޮޕެއް މާލޭގައި ކުރިއަށް ގެންގޮސްފި އެވެ.
އެ ވޯކްޝޮޕް އިފުތިތާހު ކޮށްދެއްވީ ރާއްޖެއަށް އެމެރިކާއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހޫގޯ ޔޮން އެވެ.
އެންސީޓީސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ދޮގު މައުލޫމާތު ފެތުރުމާ ބެހޭގޮތުން ކަމާ ގުޅުންހުރި މާހިރުން އެ ވޯކްޝޮޕްގައި އެ ބޭފުޅުންގެ ތަޖުރިބާ އާއި މައުލޫމާތު ހިއްސާކުރި ކަމަށެވެ.