ދިއްދޫ އެއާޕޯޓު މަޝްރޫއުގެ އަމަލީ މަސައްކަތް ނުފެށި މުއިއްޒުއަށް އެ ރަށަށް ވަޑައިގެންނެވޭނެ ދުވަހެއް ނޭނގޭ ހާލަތުގައި
އަދަދު
21 ސެޕްޓެމްބަރު 2025 | އާދިއްތަ | 9:28
ހއ. ދިއްދޫއަށް ދެން ވަޑައިގަންނަވާނީ އެ ރަށުގައި ތަރައްގީކުރާ އެއާޕޯޓުގެ މަސައްކަތް ނިމުމުން, އެ އެއާޕޯޓު ހުޅުވަން މަތިންދާބޯޓުގައި ކަމަށް ރައީސް މުހައްމަދު މުއިއްޒު މީގެ ހަތް މަސްކުރިން ވިދާޅުވި ނަމަވެސް އެ މަޝްރޫއުގެ އަމަލީ މަސައްކަތް އަދިވެސް ނުފެށޭ ކަމަށް ދިއްދޫ ކައުންސިލުން ބުނެފި އެވެ.
ޖެނުއަރީ 28، ގައި ދިއްދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ވާހަކަދައްކަވަމުން މުއިއްޒު މިހެން ވިދާޅުވީ، އެއާޕޯޓު އެޅުމަށް އެޕްރީލް 19، 2024، ގައި ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައި އޮތް މަޝްރޫއު އަވަހަށް ނިންމަވާނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ.
" ދެން އިރާދަކުރެއްވިއްޔާ އަޅުގަނޑު މި ރަށަށް އަންނާނީ، އެ އެއާޕޯޓަށް ޖައްސާ މަތިންދާބޯޓުގައި އެއާޕޯޓު ހުޅުވަން،" އެ ދުވަހު މުއިއްޒު ވިދާޅުވި އެވެ.