އާމިރު ވަކިކޮށް، ސްޓެލްކޯގެ ބޯޑަށް ޑީއެމްޑީ މުޒުނާ އައްޔަނުކޮށްފި
އަދަދު
10 ސެޕްޓެމްބަރު 2025 | ބުދަ | 12:41
ސްޓެލްކޯގެ ބޯޑުން މުހައްމަދު އާމިރު ވަކިކޮށް، އެ މަގާމަށް އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖަރު މަގާމުގައި ހުންނެވި އައިޝަތު މުޒުނާއަށް އެ މަގާމަށް ހަަމަޖައްސައިފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިކަން އިއުލާނުކުރިޔަސް، އާންމުކޮށް އަމަލުކުރާ ގޮތަށް، ބޯޑަށް އެ ބަދަލުތައް ގެނައި ސަބަބެއް ނުބުނެ އެވެ.
ސްޓެލްކޯގެ ބޯޑަށް މި ބަދަލު ގެނައިއިރު، މިދިޔަ އާދިއްތަ ދުވަހު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވި ހުސެއިން ފަހުމީ ވަނީ ވަކިކޮށްފަ އެވެ. އޭނާގެ ބަދަލުގައި އެ މަގާމަށް އައްޔަނުކުރީ ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވުމާ ގުޅިގެން ޕީސީބީން ހިންގި އިންކުއަރީއަކަށް ފަހު މިފްކޯގެ ބޯޑުން ވަކިކުރި އަހުމަދު ޝަމާހު ރަޝީދެވެ.