ކޮމިޓީ ބައްދަލުވުންތައް އަޑުއެހުމުގެ ފުރުސަތު ނޫސްވެރިންނާއި ރައްޔިތުންނަށް ދޭން ސީޕީޖޭއިން ގޮވާލައިފި
އަދަދު
10 ސެޕްޓެމްބަރު 2025 | ބުދަ | 4:47
މިނިވަން މީޑިއާ ނެތިކޮށްލާ ބިލު ދިރާސާ ކުރުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ސިއްރު ކުރަމުންދާ ދިއުން ނިމުމަކަށް ގެނައުމަށް ނޫސްވެރިންގެ ހައްގުގައި ވަކާލާތު ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ގޮވާލައިފި އެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ ސިއްރު ކުރަން މިއަދު ހުށަހެޅުއްވީ ކެލާ ދާއިރާގެ ޕީއެންސީ މެންބަރު، އަބްދުالله ޝަރީފް އެވެ. އޭނާގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު، އިބްރާހިމް ހުސައިން އެވެ.
ކޮމިޓީ ސިއްރުކުރަން މެންބަރުން ދެއްކި ބަހަނާއަކީ އާންމުން ބިލަށް ހުށަހަޅާފައިވާ ހިޔާލުތައް ކިޔާއިރު، އެ ފަރާތްތަކުގެ ޒާތީ މައުލޫމާތު ހާމަވެދާނެތީ އެކަމުން ރައްކާތެރިވުމެވެ. އިއްޔެ ބޭއްވި އެ ކޮމިޓީގެ ބައްދަލުވުން ވެސް ސިއްރު ކުރީ އެ ބަހަނާ ދެއްކުމަށްފަހު އެވެ.