ސަރުކާރުން ފައިސާ ނުދޭތީ ވިޔަފާރިތައް ހުއްޓުމަކާ ގާތަށް، ނަމަވެސް ޒަމީރު ވިދާޅުވީ ފައިސާ ދޫކުރާ ކަމަށް
އަދަދު
10 ސެޕްޓެމްބަރު 2025 | ބުދަ | 6:45
އަމިއްލަ ވިޔަފާރިތަކަށް ސަރުކާރުން ދޭންޖެހޭ ފައިސާ ނުދޭތީ އެތައް ވިޔަފާރިއެއް ހުއްޓުމަކާ ހަމައަށް ގޮސްފައިވާ ކަމަށް ބުނެ ވިޔަފާރިވެރިން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
އެކަމާ ގުޅޭގޮތުން އަދަދު އާ ވާހަކަ ދެއްކި ވިޔަފާރިވެރިއަކު ބުނީ ސަރުކާރުން އޭނާގެ ކުންފުންޏަށް ދޭންޖެހޭ 50 މިލިއަނެއްހާ ރުފިޔާ ނުދީ އެބަހުރި ކަމަށެވެ. އެ ފައިސާ ނުދީ ހުރުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑުމެންނަށް ދޭންޖެހޭ ވެސް ގާތްގަނޑަކަށް 50 މިލިއަނެއްހާ ރުފިޔާ އެބަހުރި ނުދީ، އެކަމުގެ ސަބަބުން ދެން ކުރަންހުރި އެތައް ބައިވަރު ކަންކަން ނުކުރެވި މަޑުޖެހިފައި ހުރީ،" ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި ވިޔަފާރިވެރިޔާ ބުންޏެވެ.