މޭވާ އާއި ތަރުކާރީގެ އިތުރުން މުގު، ބިސް, އަލުވި އެސްޓީއޯއިން ގަނޑުކޮށް ގެނެސް ވިއްކަން ފަށަނީ

އަދަދު

10 ސެޕްޓެމްބަރު 2025 | ބުދަ | 6:21

ރާއްޖެއަށް އެންމެ ގިނައިން އެތެރެކޮށް ވިއްކާ މޭވާ އާއި ތަރުކާރީގެ އިތުރުން އާންމުކޮށް ބޭނުންކޮށް އުޅޭ ބައެއް ތަކެތި ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯއިން ގެނެސް ވިއްކަން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ދާދި ދެންމެއަކު އެމަނިކުފާނު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެސްޓީއޯ މެދުވެރިކޮށް ގަނޑުކޮށް ގެނެސް ވިއްކަން ނިންމަވާފައި ވަނީ ދިވެހީން އެންމެ ގިނައިން ބޭނުންކޮށް އުޅޭ ބާވަތްތައް ކަމަށެވެ.

"ރާއްޖޭގައި ޒަމާނުންސުރެ ކަނޑައަޅާފައިވާ ކާޑުގެ ބާވަތްތައް ކަމުގައިވާ ހަނޑޫ، ހަކުރު، ފުށުގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ އަދި މުގު، ބިސް، އަލުވި އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް ރާއްޖޭގެ ބާޒާރުގައި ވިއްކަން ފެށުމަށް ކެބިނެޓުގެ މަޝްވަރާއާއެކު މިއަދު ނިންމާފައިވާ ވާހަކަ ދަންނަވަން،" މުއިއްޒު ކުރެއްވި ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

މައުޟޫޢުތަށް