ޗައިނާއަށް ދަތުރުކުރި މޯލްޑިވިއަން ބޯޓެއްގެ އިންޖީނު މައްސަލައެއް ޖެހިގެން ޑާކާއަށް ޖައްސައިފި

އަދަދު

10 ސެޕްޓެމްބަރު 2025 | ބުދަ | 7:45

ދިވެހިރާއްޖެއިން ފުރައިގެން ޗައިނާއަށް ދަތުރުކުރަމުންދިޔަ މޯލްޑިވިއަންގެ ބޯޓެއްގެ އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެން ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް އެ ބޯޓު ޖައްސައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ބޯޓުގައި ދަތުރުކުރި ހުރިހާ ފަތުރުވެރިން މި ވަގުތު ތިބީ ޑާކާގެ ހޮޓާތަކުގަ އެވެ. ނަމަވެސް މޯލްޑިވިއަންގެ ބަހެއް މިކަމާ ގުޅިގެން އަދި ނުލިބޭތީ އެ ބޯޓުގައި ދަތުރުކުރީ ކިތައް ފަސިންޖަރުން ކަމެއް އަދި ސާފެއް ނުވެ އެވެ.

މައްސަލަ ދިމާވީ މޯލްޑިވިއަންއަށް މި އަހަރު އަލަށް ގެނައި ވައިޑް ބޮޑީ އެއާކްރާފްޓަށެވެ. އެ ބޯޓު ދަތުރު ކުރަމުންދިޔައީ ޗައިނާގެ ޗެންޑޫއަށެވެ. ބޯޓަށް ދިމާވީ ކޮން މައްސަލައެއްކަމެއް އަދި ނޭނގެ އެވެ.

މައުޟޫޢުތަށް