ހުލާސާކޮށް އިއްޔެ: ސަރުކާރު މެދުވެރިވެގެން ބީއެމްއެލްއިން އާރުސީސީއަށް ބޮޑު ލޯނެއް

އަދަދު

11 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 7:35

ރަށްރަށުގައި ކައުންސިލު އިމާރާތްތައް އަޅަން އާރުސީސީއާ ހަވާލުކުރި މަޝްރޫއަށް ބޭނުންވާ ފައިސާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯނު ނަގައިގެން ހަމަޖައްސައިފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

މި ޕްރޮޖެކްޓަކީ މެލޭޝިއާގެ ހެކްސްޓާ ގްލޯބަލް ކިޔާ ކުންފުންޏަކާ ގުޅުން އޮތް ކަމަށް ބުނާ ދިވެހި ކުންފުންޏަކާ ފުރަތަމަ ހަވާލުކުރި މަޝްރޫއެކެވެ. ނަމަވެސް އެ ކުންފުންޏަށް އެކަން ނުވެގެން ސަރުކާރުން ވަނީ މި މަސައްކަތް އާރުސީސީއާ ހަވާލުކޮށްފަ އެވެ.

އާރުސީސީއާ މި ޕްރޮޖެކްޓު ހަވާލުކުރީ، ހެކްސްޓާއާ އެއްބަސްވީ ގޮތަށް، އެ ކުންފުނީގެ ހަރަދުގައި ޕްރޮޖެކްޓު ހިންގައި އިމާރާތްތައް ހަވާލުކުރުމުން ސަރުކާރުން ފައިސާދޭ ގޮތަށެވެ. މި މަޝްރޫއުގެ ދަށުން އަޅާ 55 ކައުންސިލު އިމާރާތުގެ ޖުމްލަ އަގަކީ 631 މިލިއަން ރުފިޔާ އެވެ. އަދި ފައިސާ ދައްކަން ޖެހެނީ ފަސް އަހަރަށް ބަހާލައިގެންނެވެ.

މައުޟޫޢުތަށް