ހާމަކުރަން ބުނި އިންޑިއާ އެއްބަސްވުންތަކުގެ ނަން ވެސް ހާމަކުރަން ވެސް ބިރު ގަނެއްޖެ

އަދަދު

11 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 9:30

ހާމަކުރަން ރައީސް މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި އިންޑިއާގެ އަސްކަރީ އެއްބަސްވުންތަކުގެ ހަމަ އެކަނި ނަން ވެސް ހާމަކޮށްލަ ދެކޮޅު ހަދައިފި އެވެ.

މައުލޫމާތު ހޯދައިލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ޖުލައި މަހު މިދުއަމް ސައުދު ޑިފެންސް މިނިސްޓްރީގައި އެދިފައި ވަނީ 2018 އިން 2023 ގެ ނިޔަލަށް އިންޑިއާއާއެކު ހަދާފައިވާ އަސްކަރީ އެއްބަސްވުންތަކުގެ ލިސްޓަކާއި އެއިން ކޮންމެ އެއްބަސްވުމެއްގެ މުއްދަތެވެ.

އެއިން އެއްވެސް އެއްބަސްވުމެއްގެ މުއްދަތު އިތުރުކޮށްފައިވާނަމަ، އެއްބަސްވުމުގެ ނަމާއި، ސޮއިކުރި ތާރީހު އަދި މުއްދަތު ބުނެދޭން ވެސް އެދިފައިވެ އެވެ. އެއްވެސް އެއްބަސްވުމެއްގައި ތަފްސީލެއް އަދި އޭގެ ކޮޕީއެއް ހޯދަން މިދުއަމް އެދިފައެއް ނެތެވެ.

މައުޟޫޢުތަށް