އަދަދުގެ ސީއީއޯއަށް ފިޔާޒަށް މަރުގެ އިންޒާރުދިން މައްސަލަ ތަހުގީގުކުރަން އެމްޖޭއޭއިން ގޮވާލައިފި

އަދަދު

11 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 9:49

އަދަދުގެ ސީއޯއޯ ހުސައިން ފިޔާޒް މޫސާއަށް މަރުގެ އިންޒާރުދިން މައްސަލަ ތަހުގީގުކުރަން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ގޮވާލައިފި އެވެ.

އެމްޖޭއޭއިން ބުނީ ކާކުކަން ނޭގޭ އެކްސް އެކައުންޓަކުން ފިޔާޒަށް މަރުގެ އިންޒާރުދިން މައްސަލައަކީ ކަންބޮޑުވާ ކަމެއް ކަމަށާއި އެ މައްސަލަ ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން ޖެހޭ ކަމަށެވެ.

"އަހަރުމެން ފުލުހުންނަށް ގޮވާލަން ފިޔާޒަށް މަރުގެ އިންޒާރުދިން މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަން. އަދި އޭނާއަށް ދޭން ޖެހޭ ރައްކާތެރިކަން ދިނުމަށް ވެސް ގޮވާލަން،" އެމްޖޭއޭއިން ބުންޏެވެ.

މައުޟޫޢުތަށް