ދެ އަހަރު ކުރިން ކުޅުދުއްފުށީ ފަރަށް އެރި ބާޖު 10 ދުވަސް ތެރޭގައި ނަގަން އަމުރުކޮށްފި
އަދަދު
11 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 12:06
މީގެ ދެ އަހަރު ކުރިން ހދ. ކުޅުދުއްފުށީ ހުޅަނގު އުތުރު ފަރުމައްޗަށް ބީއްސާލި ބާޖާއި އެ ބާޖުން އެ ސަރަހައްދަށް އެޅިފައި ހުރި ހިލަތައް އިއްޔެއިން ފެށިގެން 10 ދުވަހުގެ ތެރޭގައި ނަގަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
މި ބާޖު ނަގައިދޭން އަމުރުކޮށްދިނުމަށް އެދި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިންނެވެ.
ސީޝަލްސްގައި ރަޖިސްޓްރީކޮށްފައިވާ އައުރިސް އެސްއެސް ލިމިޓެޑުގެ 'ޓިއަންޖިން' ނަމަކަށް ކިޔާ މި ބާޖު ކުޅުދުއްފުށީ ފަރަށް ބީހުނީ، ޖުލައި 14، 2023 ގަ އެވެ. މި ބާޖު ބީހުނީ 6000 ޓަނުގެ ހިލަ ބަރުކޮށްގެން ދަތުރުކުރަނިކޮށެވެ.