ބިން ހިއްކަން ގޮވާލައި ކަނޑުމަތީގައި ސިލްސިލާކޮށް މުޒާހަރާ ކުރަން ދޮންފަނުން ނިންމައިފި
އަދަދު
11 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 11:28
ބ. ދޮންފަނުން ބިން ހިއްކަން ރައްޔިތުން ނޭދޭ ކަމަށް ވިދާޅުވެ ބިން ހިއްކުމުގެ ޕްރޮޖެކްޓު ކުރިއަށް ނުގެންދިއުމަށް ރައީސް މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމާ ދެކޮޅަށް ސިލްސިލާކޮށް މުޒާހަރާ ކުރަން ނިންމައި އެކަން އިއުލާންކޮށްފި އެވެ.
ދޮންފަނު ކައުންސިލުން ބުނި ގޮތުގައި މި މުޒާހަރާތައް ކުރާނީ ކަނޑުމަތީގަ އެވެ. އެ ވަގުތުތަކުގައި ދޮންފަނުން ފަރުން ފެށިގެން 700 މީޓަރު ސަރަހައްދެއްގައި ފީނުން ވެސް ވަނީ މަނާކޮށްފަ އެވެ.
"މިހާރު ދޮންފަނުގައި ސިލްސިލާކޮށް ރައްޔިތުން ކުރިއަށްގެންދާ މުޒާހާރާތަކުގެ ތެރެއިން ދޮންފަނުގެ ފަރުންފެށިގެން 700 މީޓަރު ސަރަހައްދުގައި ކަނޑުމަތީގައި ކުރިއަށްއޮތް ދުވަސްތަކުގައި ސިލްސިލާކޮށް މުޒާހިރާތައް ކުރިޔަށް ގެންދަން ވަނީ ނިންމާފައި،" ދޮންފަނު ކައުންސިލުން ބުނެފައި ވެ އެވެ.