ރާއްޖޭގައި ފަތްކެޔޮ އުފައްދާ މިންވަރު 50 ޕަސެންޓުން އިތުރުކުރަން ޕްރޮގްރާމެއް ފަށަނީ
އަދަދު
11 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 4:00
ރާއްޖޭގައި 2028 ވަނަ އަހަރުގެ ނިޔަލަށް ފަތްކެޔޮ އުފައްދާ މިންވަރު 50 ޕަސެންޓުން އިތުރުކުރުމުގެ އަމާޒުގައި އެގްރިކަލްޗާ މިނިސްޓްރީން ޕްރޮގްރާމެއް ފަށަން ނިންމައިފި އެވެ.
މިއީ ރާއްޖެއަށް ފަތްކެޔޮ އުފެއްދުން އިތުރުކޮށް، އިމްޕޯޓް ކުރާ މިންވަރު މަދުކުރުމަށް އަމާޒުކޮށްގެން ސަރުކާރުން ފަށާ ޕްރޮގްރާމެއް ކަމަށް އެގްރިކަލްޗާ މިނިސްޓްރީން ބުނެ އެވެ.
"ފަތުރުވެރިކަމުގެ ސިނާއަތު ފުޅާވެ، ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިން އިތުރުވަމުން ދިއުމާއެކު، ރާއްޖެއަށް އިމްޕޯޓްކުރާ ފަތްކޭލުގެ މިންވަރު އަހަރުން އަހަރަށް އިތުރުވަމުންދާކަން ފާހަގަކުރެވޭ. މި ޕްރޮގްރާމްގެ ދަށުން 2028 ވަނަ އަހަރުގެ ނިޔަލަށް އިމްޕޯޓްކުރާ ފަތްކޭލުގެ މިންވަރު 25 އިންސައްތައަށް ދަށްކުރުމަށް ވަނީ އަމާޒު ހިފާފައި،" ސަރުކާރުން ބުނެފައިވެ އެވެ.