ތިލަފުށީގައި ލޮރީއެއް ދަށުވެ ބިދޭސީއަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ

އަދަދު

11 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 6:58

އިންޑަސްޓްރިއަލް އައިލެންޑު ތިލަފުށީގައި ބިދޭސީއަކު ލޮރީއެއް ދަށުވެ އޭނާއަށް ވަރަށް ބޮޑެތި އަނިޔާތަކެއްވެއްޖެ އެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓުގައި އަނިޔާވީ ސްރީ ލަންކާގެ ފިރިހެން މީހަކަށް ކަމަށެވެ. އޭނާއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުނި ނަމަވެސް އޭގެ ތަފުސީލެއް ނުލިބެ އެވެ.

އެ އެކްސިޑެންޓު ހިނގަން މެދުވެރިވީ، ލޮރީ ދުއްވާފައި ދަނިކޮށް އެއިން ޖެހި ވެއްޓިފައި އޮއްވައި ލޮރީ އޭނާގެ ގައިމަތިން ދިޔުމުން ކަމަށް ފުލުހުން ބުނެ އެވެ.

މައުޟޫޢުތަށް