ކާށިދޫ ފަޅުގައި ރިސޯޓެއް ހަދަން އަނެއްކާ ވެސް ސަރުކާރުން އިއުލާނުކޮށްފި

އަދަދު

11 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 8:43

ކ. ކާށިދޫ ފަޅުގައި ރިސޯޓެއް ތަރައްގީ ކުރާނެ ބަޔަކު ހޯދަން ޓުއަރިޒަމް މިނިސްޓްރީ އިން އަނެއްކާ ވެސް އިއުލާނުކޮށްފި އެވެ.

މީގެ ފަސް މަސްދުވަސް ކުރިން އޭޕްރީލް، 2025، ގައި ވެސް ކާށިދޫ ފަޅުގައި ރިސޯޓެއް ތަރައްގީ ކުރާނެ ބަޔަކު ހޯދަން ސަރުކާރުން އިއުލާނު ކުރި އެވެ. އެ އިއުލާނާ އެއްގޮތަށް މަސައްކަތް ކުރިއަށްނުދިޔަ ސަބަބެއް ސަރުކާރުން ނުބުނެ އެވެ.

ސަރުކާރުން ބޭނުންވަނީ 10 ހެކްޓަރުގެ ތަނެއް ހިއްކައިގެން ރިސޯޓު ހަދާށެވެ. އެކަމަކު ރިސޯޓުގެ އިހުތިސާސަށް 115 ހެކްޓަރު ދޭން ސަރުކާރުން އެއްބަސްވެ އެވެ. ރިސޯޓުގައި މަދުވެގެން 100 އެނދު ހުރުމަކީ ސަރުކާރުގެ ވައުދެކެވެ.

މައުޟޫޢުތަށް