ފުޑް ސެކިއުރިޓީއަށް ބޭނުންވާ ކާނާ ރާއްޖެއިން ބޭރުގައި ހައްދައިގެން ގެންނަން ވިސްނަނީ

އަދަދު

12 ސެޕްޓެމްބަރު 2025 | ހުކުރު | 10:47

ދިވެހިރާއްޖޭގެ ފުޑް ސެކިރުޓީއަށް ބޭނުންވާ ކާނާ ރާއްޖެއިން ބޭރުގައި ހައްދައިގެން ގެނައުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް އެސްޓީއޯގެ ސީއީއޯ ޝިމާދު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޝިމާދު ވިދާޅުވީ ރާއްޖޭގައި ހެއްދޭ ބާވަތްތަކުގެ ކާނާ ރާއްޖެއިން ހެއްދުމުގެ އިތުރުން ސަރުކާރުން ރާވާފައި އޮތީ، ރާއްޖެއިން ބޭރުން ބިން ހޯދައިގެން ބައެއް ބާވަތްތައް އުފެއްދުމަށްފަހު ގެނައުން ކަމަށެވެ.

"އަޅުގަނޑުމެންގެ ޕްލޭންތައް އެބަހުރި ދުރު ރާސްތާގައި މި ތަކެތި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުފެއްދުމަށާއި ބައެއް ބާވަތްތައް ރާއްޖެއިން ބޭރުން ބިން ހޯދައިގެން އުފައްދައިގެން ރާއްޖެ އެތެރެ ކުރަން ވެސް،" ޝިމާދު ވިދާޅުވި އެވެ.

މައުޟޫޢުތަށް