އެމްޖޭއޭގެ ރައީސަކަށް ނާއިފް، ނައިބަކަށް ޝަހުޒާން
އަދަދު
12 ސެޕްޓެމްބަރު 2025 | ހުކުރު | 2:03
މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ ރައީސަކަށް ދައުރު ނޫހުގެ އަހްމަދު ނާއިފް ހޮވުނުއިރު، ނައިބަކަށް އަދަދު ނޫހުގެ މުހައްމަދު ޝަހުޒާން ރޭ ހޮވިއްޖެ އެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސްގައި ބެއްވި އެމްޖޭއޭގެ އިންތިހާބުގައި ވޯޓުލި 42 މެންބަރުންގެ ތެރެއިން ރައީސްގެ މަގާމަށް ނާއިފް ހޮވަން ވޯޓުދިނީ 40 މެންބަރުންނެވެ. ނައިބަކަށް ޝަހުޒާން ހޮވަން ވޯޓުދިނީ 33 މެންބަރުންނެވެ.
އިންތިހާބުގައި އެމްޖޭއޭގެ ސެކެޓްރީ ޖެނެރަލްއަކަށް 31 ވޯޓުން ހޮވުނީ އެ އެސޯސިއޭޝިއަންގެ މިހާރުގެ ރައީސް ވަން އޮންލައިންގެ އަލީ ރިފްޝާން އެވެ. ބަޖެޓު ސެކެޓްރީއަކަށް ހޮވުނީ 37 ވޯޓާއެކު ދައުރު ނޫހުގެ މުހައްމަދު އުސާމް އެވެ.