"ހިޔާލާއި ފިކުރު ކަފުނަށް" ނަމުގައި މާދާމާ ރޭ އާޓިފިޝަލް ބީޗުގައި ފޯރަމެއް ބާއްވަނީ

އަދަދު

12 ސެޕްޓެމްބަރު 2025 | ހުކުރު | 10:14

މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އިސްނަގައިގެން "ހިޔާލާއި ފިކުރު ކަފުނަށް" ނަމުގައި މާދާމާ ރޭ 8:45 ގައި އާޓިފިޝަލް ބީޗުގައި ފޯރަމެއް ބާއްވަން ތައްޔާރުވާން ފަށައިފި އެވެ.

އެމްޖޭއޭއިން ބުނީ އެ ފޯރަމްގައި ހިޔާލާއި ފިކުރު ކަފުން ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި ހުރި ކަންބޮޑުވުންތައް ރައްޔިތުންނަށް ކިޔައިދީ އުފެދޭ ސުވާލުތަކަށް ވެސް ޖަވާބު ދިނުން އޮންނާނެ ކަމަށެވެ.

އޭގެއިތުރުން ބިލުގެ ސަބަބުން ރައްޔިތުންނަށް ކުރާ އަސަރުތައް ވެސް ފޯރަމްގެ ތެރެއިން ކިޔައިދޭނެ ކަމަށް އެމްޖޭއޭއިން ބުންޏެވެ.

މައުޟޫޢުތަށް