ބޭނުންކުރެވޭ ރިޒާވުން 25 މިލިއަން ޑޮލަރު މަދުވެއްޖެ
އަދަދު
13 ސެޕްޓެމްބަރު 2025 | ހޮނިހިރު | 7:39
މިދިޔަ މަސް ނިމުނުއިރު ދައުލަތުގެ ބޭރު ފައިސާގެ ރަސްމީ ރިޒާވުގައި ބޭނުންކުރެވޭ ގޮތަށް ހުރި ޑޮލަރުގެ އަދަދަށް 25 މިލިއަން ޑޮލަރު މަދުވެފައިވާކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެމްއެމްއޭ އިން ހާމަކޮށްފައިވާ މިދިޔަ މަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަސް ނިމުނުއިރު ޖުމްލަ ރިޒާވުގައި ހުރީ 810 މިލިއަން ޑޮލަރެވެ. މިއީ ޖުލައި މަހަށްވުރެ 35.5 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ.
ޖުމްލަ ރިޒާވް މަތިވި ނަމަވެސް މިދިޔަ މަހު ބޭނުންކުރެވޭ ރިޒާވް ވަނީ ދަށަށް ގޮސްފަ އެވެ. ޖުލައި މަހު ބޭނުންކުރެވޭ ރިޒާވުގައި 213 މިލިއަން ޑޮލަރު ހުއްޓެވެ. އެ އަދަދު މިހާރު ވަނީ 188 މިލިއަން ޑޮލަރަށް ވެއްޓިފަ އެވެ.