ވަކި ބަޔަކަށް މަންފާ ހޯދައިދޭން އެފްޑީސީން މަސައްކަތް ކުރާކަމަށް ބުނެ އޭސީސީއަށް މައްސަލައެއް ހުށަހަޅައިފި

އަދަދު

13 ސެޕްޓެމްބަރު 2025 | ހޮނިހިރު | 1:11

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންގެ އެޕާޓުމެންޓުތަކުގައި އެއާކޯނާއި ބަދިގެ ކަބަޑު ޖެހުންފަދަ މަސައްކަތްތައް ވަކި ވިޔަފާރިތަކަކަށް ލިބޭ ގޮތަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން އަމަލު ކުރަމުންދާ ކަމަށް ބުނެ އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.

އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު، އަހުމަދު ސަލީމް (މާޒް) އޭސީސީއަށް ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައި ވަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުން، ފްލްޓެ އެއްބަސްވުންތަކުގައި ސޮއި ކުރުމަށް ދާއިރު ވަކި ވިޔަފާރިތަކަކަށް މަންފާ ވާގޮތަށް އެތަނުގައި ހަރަކާތްތެރިވުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ.

އެގޮތުން ފްލެޓު ލިބޭ މީހުންނާއި ފަހި ދިރިއުޅުން ކޯޕަރޭޝަނާ ދެމެދު އެއްބަސްވުންތަކުގައި ސޮއި ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ތަނުގައި ވަކި ވިޔަފާރިތަކެއްގެ ސްޓޯލްތަކެއް ހަދައިގެން ފަރުނީޗަރާއި އެއާކޯން އެ ކުންފުނިތަކުން ފަތުމަށް މަޖުބޫރު ކުރުވަމުންދާ ކަމަށް މާޒް ސަލީމް ހުށަހެޅި މައްސަލައިގައި ބުނެފައިވެ އެވެ. އަދި އެ ކުންފުނިތަކުން އެ ތަކެތި ގަތުމަށް އެފްޑީސީގެ މުވައްޒަފުން ބާރު އަޅާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެފްޑީސީން ސޯޝަލްމީޑިއާގައި އިޝްތިހާރު ކުރުމަށް ހަދާފައިވާ ވީޑިއޯ ކްލިޕުގައި ވެސް އެ ކުންފުނިތަކުގެ އިޝްތިހާރު ހިމަނާފައިވާކަން އެ މައްސަލައިގައި ފާހަގަ ކޮށްފައިވެ އެވެ.

މައުޟޫޢުތަށް