ވިޔަފާރިވެރިނަށް ސަރުކާރުން 8 ބިލިއަން ރުފިޔާ ނުދީ އެބަ އޮތް: ސޯލިހު
އަދަދު
13 ސެޕްޓެމްބަރު 2025 | ހޮނިހިރު | 10:27
ސަރުކާރުން އަމިއްލަ ވިޔަފާރިތަކަށް ދޭން ހުރި ފައިސާ ދައްކަމުންދާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި ނަަމަވެސް، އަމިއްލަ ވިޔަފާރިވެރިތަކަށް ނުދައްކާ ހުރި ފައިސާގެ އަދަދު 8 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ބޮޑުފޮޅުދޫގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ސޯލިހު ވިދާޅުވީ އެ މަނިކުފާނާ ބައްދަލުވި ދެ ވިޔަފާރިވެރިޔަކަށް ގާތްގަނޑަކަށް 100 މިިލިއަން ރުފިޔާ ނުލިބި އެބަ އޮތް ކަމަށެވެ.
އޭގެ ތެރެއިން އެކަކަށް 38 މިލިއަން ރުފިޔާ، އަދި އަނެއް ވިޔަފާރިވެރިޔާ އަށް 60 މިލިއަން ރުފިޔާ ނުލިބި ހުރި ކަމަށް ސޯލިހު ވިދާޅުވި އެވެ.