ރައްޔިތުން ތިބީ "ހިޔާލާ ފިކުރު ކަފުނަށް" ދޫކުރާ ގޮތަކަށް ނޫން!

އަދަދު

14 ސެޕްޓެމްބަރު 2025 | އާދިއްތަ | 1:27

ސަރުކާރު އަޑީގައި އޮވެ ރައްޔިތުންގެ ހިޔާލާއި ފިކުރުގައި ތަޅު އެޅުވުމަށް ހުށަހަޅާފައިވާ ބިލާ ގުޅޭގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން އިސްނަގައިގެން ބޭއްވި "ހިޔާލާ ފިކުރު ކަފުނަށް" ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި މި ފޯރަމުގައި ގިނަ ރައްޔިތުންތަކެއް ބައިވެރިވެ ބިލާ ގުޅޭގޮތުން ހުރި ޝުއޫރު ފާޅުކުރި އެވެ. މި ފޯރަމަކީ މަދު ވަގުތުކޮޅެއް އިންތިޒާމުކޮށް ބޭއްވި ފޯރަމެކެވެ.

ފޯރަމްގައި ބައިވެރިވި އަދި އެ ސަރަހައްދަށް އެ ފޯރަމް އަޑުއެހުމް ޖަމާވި ގިނަ މީހުންގެ ޝުއޫރުތަކުން "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓް ރެގިއުލޭޝަން ބިލާ" މެދު ކަންބޮޑުވުން އޮތްކަން ހާމަވެ އެވެ.

މައުޟޫޢުތަށް