އެންމެން ވެސް ސިޔާސީ ވާން ޖެހޭ، ތަފާތު ނަޒަރިއްޔާތަކަށް ވިސްނުން ހިންގައި ހިޔާލު ފާޅުކުރަން ޖެހޭ: ސަވާދު
އަދަދު
14 ސެޕްޓެމްބަރު 2025 | އާދިއްތަ | 8:40
ޖުމްހޫރީ ޑިމޮކްރަސީއެއްގައި ކޮންމެ މީހަކީ ވެސް ސިޔާސީ ވާން ޖެހޭ މީހެއް ކަމަށާއި ތަފާތު ނަޒަރިއްޔާތަކަށް ވިސްނައި ހިޔާލު ފާޅުކުރަން ޖެހޭ ކަމަށް ކުރީގެ ބަންޑާރަ ނައިބު ޑރ. އަހްމަދު އަލީ ސަވާދު ވިދާޅުވެއްޖެ އެވެ.
"މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލް" ގެ ނަމުގައި ސަރުކާރުގެ ފުރިހަމަ ތާއިދާއެކު މަޖިލީހަށް ވައްދާފައިވާ ބިލާ ގުޅޭގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް އާޓިވިޝަލް ބީޗުގައި ވަނީ ފޯރަމެއް ބާއްވާފަ އެވެ.
ހިޔާލާއި ފިކުރު ކަފުން ކުރުމަށް ސަރުކާރުން އެ ބިލުގެ ނިވަލުގައި މަސައްކަތް ކުރާނެކަން ސަވާދު ވަނީ އެ ފޯރަމްގައި ތަފްސީލުކޮށް ކިޔައިދެއްވާފަ އެވެ. ވަކިން ހާއްސަކޮށް ބިލުގެ 60، 61، 80 ވަނަ މާއްދާގެ ތެރޭގައި އާންމުންގެ ހިޔާލުތައް ހިމެނޭކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.