ހުރިހާ ފައިސާއެއް ހަރަދު ކުރަނީ ސިޔާސީ މުވައްޒަފުންނަށް މުސާރަ ދޭން: އައްބާސް
އަދަދު
14 ސެޕްޓެމްބަރު 2025 | އާދިއްތަ | 2:51
ދައުލަތަށް ވަންނަ ހުރިހާ ފައިސާއެއް ހަރަދު ކުރަމުން ދަނީ ރައީސް މުހައްމަދު މުއިއްޒު ބޭނުންވާ ސިޔާސީ މުވައްޒަފުންނަށް މުސާރަ ދިނުމަށް ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ ބަޖެޓުން މި އަހަރުގެ މިހާތަނަށް މުސާ ރައާއި އިނާޔަތްތަކަށް އަދި ޕެންޝަނަށް ކުރި ހަރަދު އެތައް ސަތޭކަ މިލިއަނުން އިތުރުވެފައިވާކަން ވަނީ ހާމަވެފަ އެވެ. އެ ކަމަށް އިޝާރާތް ކުރައްވައި އައްބާސް ވަނީ ދަރަނި ނުދެއްކާ ހިސާބަށް ގައުމުގެ ކަންކަން ގޮސްފައިވާ ކަމަށް ވިދާޅުވެފަ އެވެ.
"ދައުލަތަށް ވަންނަހާ ފައިސާ އާއި ބޭރު ގައުމުތަކުން ދަރަންޏަށް ނެގިހާ ފައިސާއިން ރައީސް މުއިއްޒު ބޭނުންފުޅުވާ ސިޔާސީ ބޭފުޅުންނަށް މުސާރަ ދިނުން ނޫން ކަމެއް ނުކުރެ. ދައުލަތުގެ ދަރަނި ބޮޑުވެ ޑޮލަރުގެ އަގު ބޮޑު، ތަކެތީގެ އަގު މަތިވެ ރައްޔިތުންގެ އަތްމަތި ދަތިވެ ގޮތްހުސްވާ ހިސާބަށް ގައުމުގެ ހާލަތު މިވަނީ ގޮސްފައި،" އައްބާސް ލިޔުއްވި އެވެ.