ރިޔާސީ ދައުރު ދަންމާލުމަކީ ގޯސް ކަމެއް ނޫން ކަމަށާއި ދައުރު ދަންމާލަން ތާއީދު ކުރާ ކަމަށް ޖަނާބު ވިދާޅުވެއްޖެ

އަދަދު

14 ސެޕްޓެމްބަރު 2025 | އާދިއްތަ | 3:59

ރިޔާސީ ދައުރު ފަސް އަހަރަށް ވުރެ ދިގުކޮށް ދަންމާލުމަކީ ގޯސް ކަމެއް ނޫން ކަމަށާއި ދައުރު ދަންމާލަން އޭނާ ތާއީދު ކުރައްވާ ކަމަށް މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު (ޖަނާބު) ވިދާޅުވެއްޖެ އެވެ.

"މެންދުރު ޓީވީ" ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޖަނާބު ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރާ ރަނގަޅު ކަންތައް ފަހުން އަންނަ ސަރުކާރަކުން ބަދަލުކޮށްފާނެ ކަމަށެވެ. އެހެންވިޔަ ނުދިނުމަށް ރިޔާސީ ދައުރު ދަންމާލުމަކީ މަައްސަލައެއް ނޫން ކަމަށް ޖަނާބު ވިދާޅުވި އެވެ.

"އަޅުގަނޑު ހިތުން ގްރޭޓާ ގުޑް، އިނގޭތޯ، ރަނގަޅު ކަލެކްޓިވް ފައިދާއަށްޓަކައި ރާއްޖޭގެ ދައުރު މިދަންނަވާހެން ދަމާލުމަކީ ވެސް ގޯސްކަމެއް ނޫން، އިނގޭތޯ. އެކަމަކީ ހަމަ މަޝްވަރާ ކުރެވިދާނެ ކަމެއް. އަޅުގަނޑު ދެކެނީ އެއީ ހަމަ ރަނގަޅު ކަމެއް ކަމަށް،" ޖަނާބު ވިދާޅުވި އެވެ.

މައުޟޫޢުތަށް