ސޯޝަލް މީޑިއާ ކޮންޓްރޯލް ކުރާ ވާހަކަ ދައްކަން ފެށުމުން ކޮންޓެންޓް ކްރިއޭޓަރުންނަށް ލޯނު ދެނީ
އަދަދު
15 ސެޕްޓެމްބަރު 2025 | ހޯމަ | 10:04
މީޑިއާ ނެތިކޮށްލާ ބިލުން ސޯޝަލް މީޑިއާ ކޮންޓްރޯލްކުރާ މައްސަލައިގެ އަޑު ގަދަވެފައި ވަނިކޮށް، ކޮންޓެންޓް ކްރިއޭޓަރުންނަށް ލުއި ލޯނުތަކެއް ދޭން ސަރުކާރުން ނިންމައިފި އެވެ.
ރައީސް މުހައްމަދު މުއިއްޒު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮންޓެންޓު ކްރިއޭޓަރުންނަށް ލޯނު ދިނުން އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނޭ ކަމަށެވެ. އެކަމުގެ ފަންނީ މަސައްކަތްތައް ނިމުމާ ހަމައަށް ގޮސްފައިވާ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
މި ލޯނު ސްކީމުގެ ތެރޭގައި މީޑިއާ ކޮންޓެންޓް، އޯޑިއޯ ވީޑިއޯ އިމޭޖް ޕްރޮޑަކްޝަން، އެންޓަޓެއިންމަންޓްގެ އިތުރަށް ސޭލްސް އާއި މާކެޓިންއަށް ހާއްސާ ކޮންޓެންޓްގެ ދާއިރާ ހިމެނޭނެ ކަމަށް ވެސް އެމަނިކުފާނު ރޭ ވިދާޅުވި އެވެ. ސަރުކާރުން ވިސްނަނީ ކުރިއަށް އޮތް ދެ ހަފުތާ ތެރޭ ލޯނަށް ހުޅުވާލާށެވެ.