ރިޔާސީ ދައުރެއް މި ސަރުކާރަކުން ނުދަންމާނެ: ފަލާހު
އަދަދު
15 ސެޕްޓެމްބަރު 2025 | ހޯމަ | 10:02
ރިޔާސީ ދައުރު ފަސް އަހަރަށް ވުރެ ދިގުކޮށް ދަންމާލުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް، މި ސަރުކާރުން އެކަން ނުކުރާނެ ކަމަށް ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ދައުރުން ބޭރުން މިއަދު ކުރިއަށް ގެންދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފަލާހު މިހެން ވިދާޅުވީ ސަރުކާރުން ހުށަހެޅި ރައްޔިތުންގެ އާންމު ހިޔާލު ހޯދުމުގެ ވޯޓާއި ގުޅޭ ބިލަށް ބަހުސް ކުރައްވަމުންނެވެ. ރިޔާސީ ދައުރު ދިގުދަންމާލަން ވޯޓު ނެގުމުގެ ފުރުސަތު އެ ބިލުން ލިބެ އެވެ.
ނަމަވެސް، ފަލާހު ވިދާޅުވީ މި ސަރުކާރުން އެކަން ކުރަން ނޫޅޭ ކަމަށާއި ވޯޓަށް އަހާނީ މި ހިނގާ ރިޔާސީ ދައުރާއި މަޖިލީހުގެ މި ދައުރު ކުރުކޮށްލާ، ދެ އިންތިހާބު އެކީގައި ބޭއްވުމަށް ކަމަށެވެ.