ރައީސުލްޖުމްހޫރިއްޔާގެ ދައުރު ބަދަލުކުރަން ފެންނަ ނުފެންނަ ވޯޓެއް ނެގޭގޮތަށް އޮތް ބިލު މަޖިލީހުން ފާސްކޮށްފި

އަދަދު

15 ސެޕްޓެމްބަރު 2025 | ހޯމަ | 1:51

ރައީސުލްޖުމްހޫރިއްޔާގެ ދައުރަކީ ފަސް އަހަރު ކަމަށް ގާނޫނުއަސާސީގައި ބުނާ މާއްދާ ބަދަލު ކުރަން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުން ބޭނުން ވަރަކަށް އަވަސްކުރެވޭނެ ގޮތަށް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އިހުތިޔާރު ދީ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު ފާސްކޮށްފި އެވެ.

ދައުރުން ބޭރުން މިއަދު ބޭއްވި ދެ ޖަލްސާގެ ތެރެއިން ހެދުނުގެ ޖަލްސާގައި ނެގި ވޯޓު ވޯޓުގައި ބައިވެރިވި 76 މެންބަރުންގެ ތެރެއިން 64 މެންބަރުންގެ ވޯޓު ދިނީ ބިލު ފާސްކުރުމަށެވެ. ބިލާ ދެކޮޅަށް 12 މެންބަރަކު ވޯޓު ދެއްވި އެވެ.

މަޖިލީހުން ބިލު ފާސްކުރީ ގެ ކޮމިޓީގައި ބިލަށް ބައެއް އިސްލާހުތައް ގެނައުމަށްފަހު އެވެ. ބިލަށް ބަދަލު ގެންނަން ހުށަހަޅާ ތާއީދު ކުރީ ވެރިކަންކުރާ ޕާޓީ، ޕީއެންސީއަށް ނިސްބަތްވާ މެންބަރުންނެވެ.

މައުޟޫޢުތަށް