އޮސްޓްރޭލިއާ ސިފައިންގެ އިސްވެރިޔަކު ޑިފެންސް މިނިސްޓަރު ގައްސާންއާ ބައްދަލުކޮށްފި
އަދަދު
15 ސެޕްޓެމްބަރު 2025 | ހޯމަ | 2:17
އޮސްޓްރޭލިއާ ސިފައިންގެ އިސްވެރިޔަކު ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާންއާ ބައްދަލުކުރައްވައިފި އެވެ.
ޑިފެންސް މިނިސްޓްރީގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނީ ގައްސާން އާއި ބައްދަލުކުރެއްވީ އޮސްޓްރޭލިއާ އަސްކަރިއްޔާގެ އިންޑޯ-ޕެސިފިކް އެންޑަވާ ކޮމާންޑަރު، ބްރިގޭޑިއާ ޖެނެރަލް ޖެނިފާ ހެރިސް އެވެ.
މި ބައްދަލުވުން ބޭއްވީ މިއަދު ޑިފެންސް މިނިސްޓްރީގަ އެވެ. ބައްދަލުވުމުގައި އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ޑޭވިޑް ޖެސަޕް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.