އިއުލާނު ނުކޮށް މޯލްޑިވިއަން އިން މަތިންދާބޯޓެއް ވިއްކާލައިފި
އަދަދު
16 ސެޕްޓެމްބަރު 2025 | އަންގާރަ | 10:28
އެއްވެސް އިއުލާނެއް ކުރުމެއް ނެތި ޑޭޝް-8 މަރުކާގެ މަތިންދާބޯޓެއް އައިލެންޑް އޭވިއޭޝަނުން ބޭރު ކުންފުންޏަކަށް ވިއްކާލައިފި އެވެ.
އަދަދު އަށް ލިބިފައިވާ ޑޮކިއުމެންޓުތަކުން އެނގޭ ގޮތުގައި އައިލެންޑް އޭވިއޭޝަނުން ވިއްކާލީ DHC-8 MSN 591 ނަންބަރު މަތިންދާބޯޓެވެ. އެ ބޯޓު ވިއްކާލީ 3.7 މިލިއަން ޑޮލަރަށެވެ.
ނަމަވެސް އެ ބޯޓު ވިއްކަން އައިލެންޑް އޭވިއޭޝަން އިން އެއްވެސް އިއުލާނެއް ކޮށްފައެއް ނުވެ އެވެ. އޭގެ ބަދަލުގައި އިއުލާނުކޮށްފައި ވަނީ DHC-8 MSN 546 ނަންބަރު ބޯޓު ވިއްކުމަށެވެ. ވިއްކަން އިއުލާނު ކުރި ބޯޓަކީ ބާވެ، ފުދޭ ވަރަކަށް ހަލާކުވެފައި އޮތް ބޯޓެކެވެ.