މަސްވެރިންގެ އާއިލާތައް ދަނީ ބަނގުރޫޓުވަމުން، ބަނޑުފުރާނަމުއްތި ކުރަން ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނަން: ބީކޭއެމްޔޫ

އަދަދު

17 ސެޕްޓެމްބަރު 2025 | ބުދަ | 2:28

ބޮޑުކަންނެލީގެ މަސްވެެރިންގެ އާއިލާތައް ދަނީ ބަނގުރޫޓުވަމުން ކަމަށާއި އެމީހުންނަށް ބަނޑުފުރާނަމުއްތި ކުރެވޭނެ ގޮތެއް ހޯދުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން ބުނެފި އެވެ.

ބީކޭއެމްޔޫއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ޖަމިއްޔާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޮޑު ކަންނެލި މަސްވެރިން ކުރާ މަސައްކަތާ އެކަށީގެންވާ އަގެއް ނުލިބުމުގެ މައްސަލަ ކަމަށެވެ. އަދި ބޮޑުކަންނެލި މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމާއި އާންމު މަސްވެރިންގެ ލާބައަށްވުރެ ބޮޑަށް ސިޔާސީ ސަރުކާރުތަކާއި ސިޔާސީވެރިން ވަގުތީ އަމިއްލަ މަސްލަހަތު އިސްކުރަމުން ދިޔުން ކަމަށް އެ ޖަމިއްޔާގެ ބަޔާނުގައި ބުންޏެވެ.

"މިހާރު ކަންނެލި މަސްވެރިންނާއި އެހެނިހެން މަސްވެރިންނަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކުގެ ސަބަބުން މި މަސްވެރިކަން އޮޔާ ދާން ވަނީ ދޫކޮށްލެވިފަ އެވެ. ނަތީޖާއެއްގެ ގޮތުން ލިބޭ އާމްދަނީ އާއި ހަރަދާ ނުބައްދަލުވެ، ކަންނެލި މަސްވެރިކަމަށް އިންވެސްޓުކޮށްގެން ތިބި އޮޑިވެރިންނާއި ކަންނެލި މަސްވެރިކަމުން ދިރިއުޅޭ އާއިލާތަށް އަދި ކުންފުނިތައް ވެސް ދަނީ ބަނގުރޫޓުވަމުންނެވެ،" ބީކޭއެމްޔޫގެ ބަޔާނުގައި ބުންޏެވެ.

މައުޟޫޢުތަށް